ކަޅު ހުރާ މަގު، ކަރަންކާގެ ކުރިމަތީގައި ހުރި ގެއެއްގައި ރޯވެގެން އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިރޭ 9:23 ގައި، ހ. ސާޒްގޭގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ. މި ގޭގައި ރޯވެފައިވަނީ ކުނިތަކެއްގައެވެ. އެ ސަރަހައްދުން މުރާސިލަށް ވާހަކަ ދެއްކި މީހުން ބުނާ ގޮތުން އެގެއަށް ވަދެ ނިކުމެ އުޅޭތަން ފެންނަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށާއި މީހުން ދިރިއުޅޭ ގެއެއް ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

ރޭގެ ވަގުތެއްގައި ވެސް މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 11 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި މުޅިންވެސް ބިދޭސީން ހިމެނޭއިރު މަރުވި ބައެއް މީހުން އަދިވެސް ފާހަގަކުރެވިފައިނުވެއެވެ.




