• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝާފް ޗެމްޕިއަންޝިޕް 2023: ވިހި އަހަރަށް ފަހު ބަންގްލަދޭޝް އިން ރާއްޖެ ބަލި ކޮށްފި

by އަހުމަދު މަލްދާން ހާޝިމް
ޖޫން 25, 2023
in ކުޅިވަރު
0
ޝާފް ޗެމްޕިއަންޝިޕް 2023: ވިހި އަހަރަށް ފަހު ބަންގްލަދޭޝް އިން ރާއްޖެ ބަލި ކޮށްފި

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް ޓީމު ފަހަތުން އަރާ 1-3 ރާއްޖެ ބަލިކޮށްފިއެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން މިމުބާރާތުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރުތަމަ ފަހަރެވެ.

މިއަދު މެޗަށް ނުކުތް އިރު ރާއްޖެ ޓީމުގެ ފުރަތަމަ އެގާރައިން ބޫޓާނާ ދެކޮޅަށް ނެރުނު ޓީމުން ދެ ބަދަލެއް ފާހަގަ ކުރެވުނެވެ. އިބްރާހިމް ހަސަން ވަހީދު(އިއްބެ) ބަދަލުގަ އަލީ ފާސިރު(ސެންޓޭ) އަދި އިބްރާހިމް މަހުދީ ހުސެން(ފޭދޫ އިއްބެ) އަށް ކޯޗު ފެރެންޗެސްކޯ މޮރިއޭރޯ ވަނީ ފުރުސަތު ދީފައެވެ.

މެޗު ފަށައިގެން ފެނިގެން ދިޔައި ފުރަތަމަ ފަނަރަވަރަކަށް މިނެޓު ތެރޭގައި ގިނަ ވަގުތު ބަންގްލަދޭޝް ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކުގައި ކައުންޓަ އެޓޭކުގައި ނުރައްކާ ކުރެވޭތޯ މަސަތްކަތް ކުރިތަނެވެ. އެހެން ނަމަވެސް ރާއްޖޭގެ ދިފާއީ ކުޅުންތެރިން ދިޔައީ އެ ބޯޅަތަށް ހުއްޓުވަމުނެވެ. ރާއްޖެ ކުޅުންތެރިނަށް ބޯޅަ ލިބޭ ވަގުތު ކޮންމެސް ވަރަކަށް ބޯޅަ ކުރިޔަށް ކުޅެވޭތޯ މަސައްކަތް ކުރިތަން ފެނުނެވެ. ނަތިޖާ އެއްގެ ގޮތުން މެޗުގެ ސަތާރަ ވަނަ މިނެޓްގަ ސެންޓޭ އަށް ލިބުނެ ފުރުސަތެއްގަ ހަމްޒާ މުހައްމަދު(ހަމްޕު) އަށް ޖައްސާލި ބޯޅަ އޭރިއާ ބޭރުގަ ހުރެ ކޮންޓްރޯލް ކޮއްލުމަށް ފަހުު ތިރިތިން ފޮނުވާލި ބޯޅަ ގޯލުގެ ދުރުކަނަށް އަމާޒު ކޮއްލައިގެން ފުރުތަމަ ގޯލު ޖަހާ ލީޑު ނެގިއެވެ. ހަމްޕު ފޮނުވާލި ބޯޅަ ހުއްޓުވަން ބަންގްލަދޭޝްގެ ގޯލުކީޕަރު މަސައްކަތް ކުރި ނަމަވެސް ދިފާއު ކުރެވޭ ގޮތެއްނުވިއެވެ.

ރާއްޖެ ގޯލު ޖަހައިގެން ކުޑަ އިރު ކޮޅެއް ފަހުން ނުރައްކާތެރި ހަމަލާއެއް ރާއްޖެއިން އުފެއްދިއެވެ. ރާއްޖޭ ޓީމު ފަހަތުން ފޮނުވާލި ބޯޅަ ދިފާއުކުރަން ބަންގްލަދޭޝްގެ ކީޕަރު އޭރިއާ ބޭރަތް ނުކުމެ ބޮލުން ކުރިއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ބޮލުގަ ލައްވާ ނުލާ ފަހަތައް ދިޔުމުން، އެ ބޯޅަ މާ ރަނގަޅަށް ރާއްޖެ ޓީމަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.

ރާއްޖޭގެ ކައުންޓަރ އެޓޭކް ހަމަލާއަށް ފަހު، ބަންގްލަދޭޝްގެ ކުޅުންތެރިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބޯޅަކުރިއަށް ކުރިއަށް ކުޅެ ހަމަލާއެއް އުފެއްދޭތޯ ކުރި މަސައްކަތުން ލިބުނު ކޯނަރެއްގައި އުފެއްދި ހަމަލާ ރާއްޖޭގެ ކީޕަރު ހުސެން ޝަރީފް ދިފާއު ކުރިއެވެ. އެ ހަމަލާ ކީޕަރު ދިފާއު ކުރުމުގެ ކުރިން ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ޕެނަލްޓީ އަކަށް ބަންގުލަދޭސް ގެ ކުޅުންތެރިން އެޕީލް ކުރިޔަސް ރެފްރީ ނިންމީ އަތުގައި ނުޖެހޭ ކަމަށެވެ.

މެޗުގެ ސާޅީސްދެ ވަނަ މިނެޓުގައި ފެނިގެން ދިޔައީ ބަންގްލަދޭޝް އިން ގޯލެއް ޖަހާ އެއްވަރު ކުރި މަންޒަރެވެ. މިގޯލު ޖެހީ ބަންގްލަދޭޝް ކުޅުންތެރިން އަރިމަތިން ނެގި ހުރަހެއް، ބަންގްލަދޭޝް ކުޅުންތރިޔެއް ބޮލުން ގޯލުގެ ދުރުކަނާ ދިމާލަތް ޖައްސާލި ބޯޅަ ހުސްކޮއް ހުރެ ރާކިބް ހުސެއިން ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ ފުރުތަމަ ހާފް ނިމިގެ ދިޔައި މި 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެނެވެ.

މެޗުގެ ދެވަނަ ހާފައް ދިވެހި ޓީމް ނުކުތީ ދާދުގެ ބަދަލުގަ ފޭދު އިއްބެ ކުޅެން އަރުވަގެނެވެ. މި ހާފުގަވެސް ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފުރުސަތު ހޯދަމުން ދިޔައީ ބަންގްލަދޭޝް ޓީމުގެ ފަރާތުނެވެ.

އަނެއްކާވެސް މެޗުގެ ފަސްދޮޅަސްހަތް ވަނަ މިނެޓުގާ ފެނނގެން ދިޔައި ބަންގްލަދޭޝް ޓީމުން ދެވަނަ ގޯލެއް ޖަހާ ލީޑު ނެގިތަނެވެ. މިގޯލު އެޓީމައް ޖަހައިދިނީ ލިބުނު ކޯނަރެއްގައި ތާރިގް ކާޒީ ގޯލު ކުރިމަތިން ނުކުތް ރީބައުންސް ބޯޅަ އަކުންނެވެ. ބަންގްލަދޭޝް ޓީމުން މިގޯލު ޖެހި އިރު ރާއްޖޭގެ ހުސެއިން ނިހާން ވަނީ ގޯލް ރޮންގުމަތިން ބޯޅަ ނެރިފައެވެ. ނަމަވެސް ދެވަނަ ފަހަރައް ބޯޅަ ލިބުނީ ބަންގްލަދޭޝްގެ ތާރިގަށެވެ.

މިގޯލައް ފަހު ރާއްޖެ ޓީމް ކޮންމެވެސް ވަރަކަށް ކުރިއައް ޖެހި ފުރުސްތެއް ތަނަވަސް ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. ގާތްގާތުގަ ގިނަ މިސްޕާސް ތަކެއް ޖަހާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއްނުވިއެވެ.

ރާއްޖޭގެ ކޯޗު ވަނީ ތިން ބަދަލެއް ގެނެސްފައެވެ. ސެންޓޭގެ ބަދަލުގަ އިއްބެ، ހުސެއިން ސިފާއު(ކުރޯ) ގެ ބަދަލުގައި ހަސަން ޝިފާޒް(ޑުންގާ) އަދި އަހުމަދު ނޫމާން(ހެލްމެޓް) ގެ ބަދަލުގައި މުހައްމަދު ނިޒާމް(ޕީކެ) ކުޅެން އެރުވިއެވެ.

މެޗުގެ ފަހު ވަގުތު ކޮޅުތެރޭގައި އަނެއްކާވެސް ފެނިގެން ދިޔައި ބަންގްލަދޭޝް ޓީމުން ތިންވަނަ ގޯލް ޖަހާ މޮޅަކާ ގާތައް ޖެހިލިތަނެވެ. މީ މެޗުގެ ނުވަދިހަވަނަ މިނެޓްގައި ކބަދަލު ކުޅުންތެރިއެއްގެ ގޮތުގަ ނުކުތް ޝެއިހް މޮރުސަލިން ކާމިޔާބު ކުރި ގޯލެކެވެ. މިގޯލު ޖެހީ ރާއްޖެ ޓީމުގެ ހަމްޕު މެދުތެރެއިން ކޮއަޓާފަ ދާން މަސަތްކަތް ކުރި ފުރުސަތެއްގައި ބަންގްލަދޭޝް ކުޅުންތެރިން ބޯޅަ އަތުލައި ކައުންޓާ އެޓޭކެއްގައި ތަނަވަސް ކުރި ފުރުސަތެއްގައި ޖެހި ގޯލެކެވެ.

ބަންގުލަދޭޝް ޓީމުގެ ގޯލަށް ފަހު މެޗު ފަށައިގެން ރާއްޖެއިން ގޯލެއް ޖެހުމާ ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް ރާއްޖޭގެ ހަމްޕު ކުރިއައް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިހަމަލާ އަށް ފަހު ދެޓީމަށް ވެސް މެޗު ނިމިގެން ދިޔައީ މިނަތީޖާއިނެވެ.

މިމެޗުން ރާއްޖެ ބަލިވުމާ އެކު ސެމީ ފައިނަލަށް ދެވޭނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލުބްނާން ބަލިކޮށްގެެންނެވެ. މި މެޗު އޮންނާނީ އަންނަ ބުދަ ދުވަހު މެންދުރު ފަހު 3:00 ޖަހާ އިރެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©