ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ރަޖީނާގެ / ގދ.ގައްދޫ، އިބްރާހީމް ނިޔާޒު (36އ) އެވެ.
އިބްރާހީމް ނިޔާޒާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
އިބްރާހިމް ނިޔާޒު ހޯދަމުންދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުންގެ ބަޔާނުގައި ބުނެފައި ނުވެއެވެ.




