• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

by މުރާސިލު
އޯގަސްޓް 19, 2025
in ޚަބަރު
0
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

ރައްޔިތުން މަޖުލީހަށް މިއަދު ހުށައަޅާފައިވާ މީޑިއާތައް ކޮންޓްރޯލު ކުރުމުގެ ބިލަށް ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހަންނާނު ހުށައެޅި ބިލަށް ނޫސްވެރިންނާއި ސިޔާސީ ވެރިން އަދި ގިނަ އަދަދެއްގެ އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދަނީ އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމެއް ނުކުރެވޭނެ ކަމަށް ބުނެއެވެ. މި ބިލާ ދެކޮޅަށް ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ މެމްބަރުންތަކެއް ތިއްބަވައިގެން، ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށާއި، ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއްގެ އިތުރުން   ޚުދުމުޚްތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމާއި ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމެވެ.   އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ގޮވާލާ ކަމަށްވެސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފައިސަލް ނަސީމު ވިދާޅުވީ ޑިމޮކްރަސީއަށް ނުހަނު މުހިންމު ބާރެއް ކަމަށްވާ، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށްޓަކައި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ރައީސުލްޖުމްޙޫރިއްޔާ ގިނަ މެންބަރުންތަކެއް އައްޔަނު ކުރުމުގެ ބާރު ލިބޭގޮތަށް މަޖިލީހަށް އަނެއްކާވެސް ބިލެއް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި. ރަނގަޅު ވެރިކަމެއް ކުރުމަށްޓަކައި ނޫސްތައް ހުއްޓުވުމުގެ ބަދަލުގައި އިސްކަން ދޭންވާނީ ޖަވާބު ދާރީވުމަށް. ތަހުޒީބީ ގައުމުތަކުގައި މީޑިއާތައް ރެގިއުލޭޓް ކުރަނީ ސެލްފް ރެގިއުލޭޓެޑް ބޮޑީތަކުން ކަމަށެވެ. އެހެންކަމުން މި ބިލް މަޖިލީހަށް ބަލައި ނުގަތުމަށް ފައިސަލު ގޮވާލެއްވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންއެފް އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ސިޔާސީ ވެރިންވެސް އަންނަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑުކިޔައި އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. މި ބިލަށް ކަންބޮޑުވުން ފާޅުކޮށްފައި ނުވަނީ ކުރިން މީޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި މުހައްމަދު ނަޝީދެވެ. މި ފަހުން ފާސްކުރެވުނު ކައުންސިލުތަކުގެ ބާރުތައް ސަރުކާރަށް ނެގުމުގެ ބިލަށްވެސް ނަޝީދު އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ. 80 އަށްވުރެ ގިނަ ކައުންސިލުން އެކަމާ ކަންބޮޑުވެ ބަޔާން ނެރެފައިވަނިކޮށް މި ބިލުވަނީ މި ހަފްތާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެވެ.

ނަޝީދަކީ މި ސަރުކާރު ހާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިހާރުވެސް ސަރުކާރު ދިފާއުކޮށް، އިދިކޮޅު އެމްޑީޕީ ބަލިކުރުމަށް ނަޝީދު މަސައްކަތްކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©