ނައިބު ރައީސަކު އައްޔަން ނުކުރެވި އދ.މަހިނބަދޫގެ ކައުންސިލު ހުއްޓުމަކަށް އަތުވެއްޖެއެވެ.
މަހިނބަދޫއިން މައުލޫމާތުދޭ ގޮތުގައި ކައުންސިލުގެ ނައިބް ރައީސްގެ މަގާމަށް މެމްބަރަކު އައްޔަން ނުކުރެވިގެން އުޅެނީ ކައުންސިލުގެ ނައިބް ރައީސް ކަމަށް ސިޔާސީ ދެ ޕާޓީގެ ދެ މެމްމަބަރުންނާއި އަދި އަމިއްލަ ގޮތުން ވާގަދަކޮށްގެން ހޮވިފައި ހުރި މެމްބަރުވެސް މި މަގާމު ބޭނުން ވުމުން ވޯޓުގައި އަގުލަބިއްޔަތު އެއްވެސް ކެންޑިޑޭޓަކަށް ނުލިބިގެންނެވެ.
މި ގޮތުން ފުރަތަމަ ވޯޓަށް އެހުމުން އެމްޑީޕީއަށް ނިސްބަތްވާ ޒައީމާ ހަސަންއަށް 2 ވޯޓު އަދި ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު މައުމޫނަށް ލިބުނީ 2 ވޯޓެވެ، އަދި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ބުންޔާމީން ހަސަނަށް ލިބުނީ 1 ވޯޓެވެ. ވަކި ކެންޑިޑޭޓަކަށް އަގުލަބިއްޔަތު ނުލިބުމުން 5 ފަހަރު ލައިގެންވެސް ނައިބު ރައީސަކު އިންތިހާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.
އެ ރަށު މީހުން ތުހުމަތުކުރާ ގޮތުގައި އަމިއްލަ މެމްބަރު ބުންޔާމީން ނުހޮވުމުން ކޮންމެ ފަހަރަކު 1 ވޯޓު ބާތިލުކޮށްލައިގެން، ނައިބްރައީސްގެ ވޯޓު ކުރިއަށް ނުދެވޭގޮތް އަންނަނީ ހަދަމުންނެވެ.




