މަސްވެރިކަން ކުރުމަށް ނިކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ‘ އޯކިޑް 707′ ދޯނި، އެހެން ދެ ދޯންޏެއްގެ އެހީގައި ގެމަނަފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
ގއ.ގެމަނަފުށި ’އޯކިޑް 707‘ ދޯނި މެދުން ބިންދައިގެން ދިޔައީ މިއަދު އައްޑޫ ސިޓީގެ ހުޅަނގުން 25 ނޯޓީކަލް މޭލު ބޭރުންނެވެ. މެދުން ބިންދައިގެން ދިއުމުގެ ސަބަބުން ދޯނިގެ ދެބައިވެސް ވަނީ ވަކިވެފައެވެ.
އޯކިޑް ދޯނި ކަފު ޖަހައިގެން ގެމަނަފުއްޓަށް ގެންދަނީ އެރަށުގެ ދެ ދޯންޏެއް ކަމަށްވާ ’މަރުހަބާ‘ ދޯންޏާއި ’އުފާ‘ ދޯނީގެ އެހީތެރިކަމާ އެކުގައެވެ.

މި ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ އެ ފަރާތަށް މައުލޫމާތު ލިބުނު ވަގުތުން ފެށިގެން ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭޏް ފަށާފައިވާ ކަމަށާއިއެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް ‘ ދޮށިމޭނާ’ ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންނެވެ. އެމީހުންގެ ހާލު ރަގަޅުކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.