• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އިއްޒުއްދީން ސްކޫލު އުވާލަނީ، ދަރިވަރުންނާ ޓީޗަރުން އެހެން ގޮތެއް ހޯދަން އަންގައިފި

by މުރާސިލު
ޖޫން 6, 2024
in ޚަބަރު
0
އިއްޒުއްދީން ސްކޫލު އުވާލަނީ، ދަރިވަރުންނާ ޓީޗަރުން އެހެން ގޮތެއް ހޯދަން އަންގައިފި

ސަރުކާރުން މާލޭގައި އެންމެ ފަހުން ހުޅުވި ސްކޫލު އިއްޒުއްދީން ސްކޫލު ހުއްޓާލަން އުޅޭ ކަމުގެ ކަންބޮޑުވުމާއި އެކު ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 12 ޖެނުއަރީ 2020 ގައި ހުޅުވައިދެއްވި ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލަން އުޅޭ ސަބަބަކީ އިމާރާތުގައި ރެނދެއް އިނުމުން ކިޔަވައިދިނުން ރައްކާތެރިނޫން ކަމަށް ބުނެއެވެ.

މިއަދު އޮތް ބެެލެނިވެރިންގެ ބައްދަލުވުމެއްގައި އެ ސްކޫލުގެ ކިޔެވުން ހުއްޓާލައި ދަރިވަރުންނާއި ޓީޗަރުންވެސް ’އެހެން ގޮތެއް ހޯދުމަށް‘ އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށްވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިއްޒުއްދީން ސްކޫލު އިމާރަތުގައި ރެނދެއް ހުރުމުގެ ސަބަބުން އެތަނުގެ އެސެސްމަންޓެއް ހަދަމުންދާ ކަމަށާއި، އެއަށް ފަހު އެ ސްކޫލާއި މެދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެ ސްކޫލުގެ ބެލެނިވެރިއެއް ބުނީ އެ އިމާރާތް ބާވެ، ރެނދު އެޅުމުގެ މާބޮޑު ވާހަކައެއް މިއަދުގެ ބައްދަލުވުމުގައި ނުދެކެވޭ ކަމަށާއި މައިގަނޑު ގޮތެއްގައި ދެކެވުނީ އެހެން ސްކޫލުތަކަށްޓީޗަރުންނާއި ކުދިން ބަހާލުމުގެ ވާހަކަ ކަމަށެެވެ.

ދިރާސީ އާ އަހަރު ފެށުނު ފަހުން ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމުމުން ބެލެނިވެރިންގެ ކަންބޮޑުވުން ހުރިއިރު، ރެނދު އަޅާފައިވާ އިމާރާތް ބޭނުން ނުކޮށްވެސް އެ ސްކޫލުގައި ކިޔަވައި ދެވިދާނެ ކަމަށް ބައެއް ބެލެނިވެރިން ދެކެއެވެ. އެ ސްކޫލުގެ އެސެސްމެންޓު ހަދައި ނިމޭނެ ކަމަށް އެޑިއުކޭޝަނުން ލަފާކުރަނީ އީދު ބަންދަަށް ފަހުގައެވެ. އޭގެ ފަހުން ޓީޗަރުންނާއި ދަރިވަރުން އަމަލު ކުރަން ޖެހޭ ގޮތް އެޑިއުކޭޝަނުން ރަސްމީކޮށް އަންގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެހެން ބެލެނިވެރިއެއް ބުނީ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީގެ ވާހަކަތައް ހުރީ ވީހާވެސް އަވަހަށް ޓީޗަރުންނާއި ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކޮށް، އެ ސްކޫލު އުވާލުން ނުވަތަ ދާއިމީކޮށް ހުއްޓާލުމެވެ. ވަގުތީ އިމާރަތެއްގެ ވާހަކަވެސް ނުދެކެވޭއިރު ބެލެނިވެރިންގެ ކަންބޮޑުވުމަކީ އެހެން ސްކޫލަކަަށް ކުދިން ބަދަލުކޮށް ކިޔެވުމަށް އަސަރުކުރާނެތީއެވެ. މިއަދުގެ ބައްދަލުވުމުގައި ބެެލެނިވެރިން އެދުނީ މި ސްކޫލުގެ ބެޖާއި ލޯގޯ އަދި ނަން ބަދަލު ނުވާނެ ގޮތަކަށް ވަކި އިމާރާތަކަށް ބަދަލުވުމަށެވެ. އަދި ވީހާވެސް އަވަހަކަށް އިމާރާތް މަރާމާތުކޮށްގެންވިޔަސް ކިޔަވާ ދިނުން ކުރިއަށް ގެންދިއުމަށެވެ.

އާއްމުކޮށް ސްކޫލުތައް ބާވެ ނުވަތަ ކިޔަވައިދޭން އެކަށީގެންނުވާ ކަމަށް ޝަކުވާ ކުރަނީ ބެލެނިވެރިން ކަމަށްވިޔަސް މި ސްކޫލުގެ ބެލެނިވެރިން މިހާތަނަށް މި މައްސަލަ ފާހަގަކޮށްފައި ނުވެއެވެ. މި ސްކޫލަކީ ސަރުކާރު ސްކޫލުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެއް ދަންފަޅިއަށް ކިޔަވާދިނުމަށް ހަމަޖެއްސި ސްކޫލެވެ. ކުދިންގެ ކިޔެވުމާއި ނަތިޖާވެސް އިންތިހާއަށް ރަނގަޅު، މި ސްކޫލަށް ކުދިން ވެއްދުމަށް ދިގު ކިއު އެއް އޮވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©