• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހިޔާ ފްލެޓުތަކެއް އެއްކޮލައިގެން ޖުރިމަނާ ކުރީ ހިޔާ ޔޫނިއަންގެ ވެރިއެއް!

by މުރާސިލު
މެއި 5, 2023
in ޚަބަރު
1
ހިޔާ ފްލެޓުތަކެއް އެއްކޮލައިގެން ޖުރިމަނާ ކުރީ ހިޔާ ޔޫނިއަންގެ ވެރިއެއް!

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އާބަންކޯއިން ރަސްމީކޮށް، ކޮން ފަރާތެއްގެ ފްލެޓްތަކެއްކަން ހާމަކޮށްފައި ނުވިޔަސް، ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ، މި ކަމެއް ކޮށްފައިވަނީ ހިޔާ ޔޫނިއަންގެ ނަމުގައި ޖަމުއިއްޔާއެއް ހަދައިގެން އުޅޭ އިސް ވެރިއެއްގެ ފްލެޓެވެ. އެ ފަރާތުން ގަވައިދާ ހިލާފަށް ދެ ފްލެޓު އެއްކޮށްލައިގެން އުޅޭ ކަމުގެ މައުލޫމާތު މީގެ ކުރިންވެސް އާބަންކޯއަށް ހިއްސާކޮށްފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ’މުރާސިލަށް‘ ކަށަވަރުކޮށްދިނެވެ.

މި ކަމާ ގުޅިގެން އާބަންކޯއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުނު ކަމަށެވެ. އަދި އެ މައްސަލަ ބެލި ބެލުމުން މިހާރު، އެއީ ކޮން އެޕާޓްމަންޓެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.

މި އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، އާބަންކޯގެ އުސޫލުތަކާއި ޚިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން، މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން، ޖޫރިމަނާ ވަނީ ކޮށްފައެވެ.

އާބަންކޯއިން ބުނީ އެ ފައިސާ، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް ދެއްކުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި ފްލެޓުތައް ކުރިން ހުރި ގޮތަށް ބަދަލު ކުރުމަށްވެސް އެފަރާތްތަކަށް ވަނީ އަންގާފައެވެ.

ހިޔާ ފްލެޓުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން، އާބަންކޯއިން ނިންމާފައިވާ ކަމަށް މިދިޔަ ފެބްރުއަރީ މަހު އެ ކޯޕަރޭޝަނުން ވަނީ ބުނެފައިވެއެވެ.

އެގޮތުން ހިޔާ ފްލެޓުތަކުގައި ގަވާއިދާ ޚިލާފު އެކި ކަންކަން ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އާބަންކޯއިން އޭރު ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ އޭގެ ސަބަބުން ފްލެޓުތަކުގައި އުޅޭ އެހެން ފަރާތްތަކަށް އުޅެން ދަތިވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. ފްލެޓްތަކުގެ ސްޓަރްޗާއަށް ބަދަލު ގެނައުމަކީ މަނާ ކަމަކަށް ވީ ނަމަވެސް އެފަދަ ކަންކަން ފާހަގަ ވާ ކަމަށް އާބަންކޯއިން ބުންޏެވެ.

މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ޚާއްސަ އިންސްޕެކްޝަން ތަކެއް އާބަންކޯއިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެކުންފުނިން ބުނީ އެ އިންސްޕެކްޝަން ތަކުން ފާހަގަވާ ކަންކަމަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.

އާބަންކޯއިން ދަނީ ހިޔާ ފްލެޓުތަކުގެ ޙާލަތު ބެލުމަށް ދޭތެރެ ދޭތެރެއިން އެކި ކަހަލަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. މި ފަދަ އިންސްޕެކްޝަންތަކުގައި ފާހަގަވާ އެކި ކަންކަމަށް ޢާންމުންނަށް ނަސޭހަތްތެރިވި ނަމަވެސް، ބައެއް ޢާންމުންގެ ފަރާތުން އެހީތެރިކަން ނުލިބޭކަމަށް އެކުންފުނިން ބުނެއެވެ.

އިމާރާތުގެ ސްޓްރެކްޗަރ އަށް ބަދަލު ގެނައުމުން ހީނުކުރާވަރުގެ ގެއްލުމެއް، އިމާރާތަށާއި، ދިރިއުޅޭ ފަރާތްތަކަށް ލިބިދާނެ ކަމަށް މި ދާއިރާގެ ބޭފުޅުން ފާހަގަކުރެއެވެ.

މި ގޮތުން އިންޖިނިއަރިންގެ ގޮތުން ވަކި ގޮތަކަށް އިމާރާތް ފަރުމާކުރެވި، އިމާރާތްކޮށް ނިމޭ ފަހުން މި ފަދަ ބޮޑެތި ސްޓަރޗަރ ބަދަލުތައް ގެނައުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮޑެތި އަދަދުތަކުން ޖުރިމަނާކޮށް ފްލެޓު އަތުލާވަރުގެ ކުށެކެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Comments 1

  1. ރަސީދު says:
    3 years ago

    ހަމައެއްމެ ތަނެއް ތޯމިގޮތައްހުރީ އެޗު4ގަވެސް އެބަަހުރި ދެއެޕާޓުމަންޓު އެއްކޮއްފަ މައްސަލަޔަކައްނުވެ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©