ރޯދަ މަހު ސްކޫލު ކުދިންނަށް ހާއްސަކޮށް ހުޅުމާލެ ފޭސް 2 އަށް އިތުރު ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި އާރް 6 އަދި އާރް 8 ގައި ވެސް ސްކޫލު ކުދިންނަށް ހާއްސަ ބަސް ދަތުރުތައް އޮންނާނެ ކަމަށެވެ. ސްކޫލު ކުދިންނަށް ހާއްސަ ބަހެއް ހެނދުނު 7:50 އިން ފެށިގެން ހިޔާ ފްލެޓް ސްޓޮޕްގައި އޮންނާނެ އެވެ. އެ ސްޓޮލުން ބަސް ނައްޓާލާނީ 8:05 ގަ އެވެ.
ބަސް ދަތުރުތައް އާރް 6 ރޫޓުގައި އިތުރުކުރާ އިރު އެ ރޫޓުން ދަތުރުކުރާނީ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ސްޓޮޕަށާއި އަމީން އެވެނިއު ސްޓޮޕާއި ފްލެޓް 120 ސްޓޮޕަށެވެ.
އެމްޓީސީސީއިން ބުނީ ސްކޫލު ކުދިންނަށް ހާއްސަ ބަސްތަކުގައި ކޮންމެ ކުއްޖަކާއެކު ބެލެނިވެރިއަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.
މި ދަތުރުތައް އިތުރު ކުރީ، އެ ތަންތަނުން ދަތުރު ކުރާ މީހުން އިތުރުވުމުންނާއި އަދި ތޮއްޖެހިގެން ބަސްތަކުގައި ސްކޫލު ކުދިން ދަތުރު ކުރަން ޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން ޝަކުވާ ކުރުމުންނެވެ. އެމްޓީސީސީއިން އަންނަނީ ޕީކް ވަގުތުތަކާ ދިމާކޮށް، ދޭތެރެ ދޭތެރެއިން އެކި ވަގުތުތަކުގައި ވެސް ދަތުރުތައް އިތުރު ކުރަމުންނެވެ.