ރޭ ދަންވަރު މާލޭގައި ބާރަށް ދުއްވި ސައިކަލެއް، ފުލުހުން މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި އިތުރު ދެ ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެއްޖެއެވެ.
ރޭ ދަންވަރު 1 ޖަހާކަަށްހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ވަނީ ބާރަށް ދުއްވި ސައިކަލް ގައި ތިބި މީހުން ފިލަން އުޅުމުން ވަގުތުން ހައްޔަރުކޮށްފައެވެ. މައުލޫާތު ލިބޭ ގޮތުގައި މި ސައިކަލް ދުއްވަން އިން މީހާ އަތުގައި ލައިސަންސެއް ނެތެވެ.
ރޯދަ މަހުގެ މި ދެ ދުވަހު ގިނަ އެކްސިނޑެންޓު ތަކެއް ހިނގައި އެކަކުވަނީ މަރުވެފައެވެ. އިއްޔެގެ ވަގުތެއްގައި ވެސް ހުޅުމާލެ ބްރިޖް މަތީގައިވެސް ދެ އެކްސިޑެންޓު ހިނގައި މީހުންނާއި އުޅަނދު ތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.