ރައީސް ޑރ.މުހައްމަދު މުއިއްޒު ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ބައެއް ކަންތައްތަކާއި ހިތްހަމަ ނުޖެހިގެން ނ.ވެލިދޫ އަދި ނ.ކެނދިކުޅުދޫއިން ބަޔާނެއް ނެރުމުން އެކަމާ ހިތްހަމަ ނުޖެހި ލޯކަލް ގަވަރުމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެ ދެ ކައުންސިލަށް އިންޒާރު ދީފިއެވެ.
ނ.ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ ރައީސް ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅުގައި ދާއިރާގެ ކެންޑީޑޭޓަށް ކެމްޕޭނުކުރެއްވި މައްސަލާގައެެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމޯ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވުމުން ހުރިހާ ތައްޔާރީއެއްވީ ކައުންސިލުން ކަމަށާއި ރައީސްގެ ދަތުރުފުޅުަގައި އެރަށުގައި ބޭއްވި ޖަލްސާވެސް ތާއްޔާރުކޮށް ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ރައީސްގެ ރަސްމީ ޖަލްސާއެއްގެ ގޮތުގައި މައުލޫމާތު ދެއްވަފއިވާތީކަަމަށެވެ. ނަމަވެސް އެރަށުގެ ރަސްމީ ޖަލްސާ ބޭނުންކުރެއްވީ ރައްޔިތުންގެ މަޖުލީހަށް ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕޭނު ޖަލްސާއެއްގެ ގޮތުގައި ކަމަށެވެ.
މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ ކަނޑައެޅިގެން ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެއް ކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.
މީގެއިތުރުން ކެނދިކުޅުދޫ ކައުންސިލުން ބުނީ ކައުންސިލުގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ މި ހަފްލާ އިންތިހާބަށް ކެމްޕޭން ކުރުމުގެ މަގްސަދުގައި އިންތިޒާމު ކުރެވުނު ހަފްލާއެއް ކަމަށް ބެލެވޭތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
”ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫ އަރާނެއެވެ. ކުރިއަށް ރައްޔިތުންގެ މަޖުލސް އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރާ ހުރިހާ ކެންޑީޑޭޓުންނަށް ހަމަހަމަ ފުރުސަތެއް، އަދި ކައުންސިލުން ދެވެން އޮތް އެއްބާރުމެއް ދިނުމަށް މަސައްކަތްކުރާ ކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން މައުލޫމާތުދެއެވެ.
ނ.ވެލިދޫ ކައުންސިލަށް އެލްޖީއޭއިން އިންޒާރުދިނީ ރައީސް ޑރ.މުހައްމަދު މުއިއްޒާއި ބައްދަކުރުމަށް އެ އަތޮޅު ހޮޅުދޫއަށް ދިއުމަށް ދައުވަތު ދިނުމުން އެކަމަށް އިންކާރުކޮށް ބައްދަލުވުމަށް ހާޟިރުނުވުމުގެ ސަބަބުންނެވެ. ވެލިދޫ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި ބައިވެރިނުވާން ނިންމާ ރައީސްގެ ދަތުރުފުޅުގައި ވެލިދޫއަށް ވަޑައިގަތުމަށް ނިންމާފައިވަނިކޮށް ވަކި ސަބަބެއް ނެތި ދަތުރު ކެންސަލުކުރި މައްސަލާގައެވެ. ރައީސްގެ ދަތުރު ކެންސަލުކުރި ސަބަބުވެސް ބުނެ ނުދޭ ކަމަށާއި އެހެން ކަމުން ރައްޔިތުންނާ ވަކިން ކައުންސިލަރުން ގެންގޮސްގެން އެހެން ރަށެއްގައި ބައްދަލުކުރުން އެއީ ވެލިދޫ ކައުންސިލަރުން ބަލައިގަންނަ ކަމެއްނޫން ކަމަށެވެ.
އެލްޖީއޭއިން ކައުންސިލުތަކަށް އިންޒާރުދީ ނުފޫޒު ފޯރުވަން އުޅޭ މައްސަލާގައި ގިނަ ބަޔަކު އަންނަނީ އެ އިދާރާއަށް ފާޑުކިޔަމުންނެވެ.